ނ. ލަންދޫ

ލަންދޫ، ދިވެހި ރާއްޖެ

ނ.ލަންދޫ ކައުންސިލް އިދާރާއަށް އަލަށް އިތުރުކުރެވުނު ސެކްޝަނުގެ މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

29/05/2024

(IUL)289/289/2024/41

 ނ.ލަންދޫ ކައުންސިލް އިދާރާއަށް އަލަށް އިތުރުކުރެވުނު ސެކްޝަނުގެ މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ :

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާއަށް ޖާގައިތުރުކުރުމުގެ ގޮތުން އަލަށް އިތުރުކުރި ސެކްޝަނުގެ ނުނިމިހުރި ހުރިހާ މަސައްކަތް ތަކެއް މިއިދާރާއިންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 ޖޫން 2024 ވާ އަންގާރަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ޖޫން 2024 ވާ ހޯމަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން  ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ އެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     21  ޛުލްޤައިދާ 1445

29   މެއި    2023

ޢަބްދުލްއަޒީޒް މުޙައްމަދު
ކައުންސިލްގެ ރައީސް

ފަހުގެ އިއުލާނު

ހުރިހާ އިއުލާނު ބަލަން