01/07/2025
ލަންދޫ ކައުންސިލުން އިއްޔެ ހާމަކުރި ގޮތުގައި، ރަށުގެ ތިން މިސްކިތް ސޯލާ ހަކަތައާއި ގުޅާލުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން ކައުންސިލްގެ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވި ގޮތުގައި، މީގެ ކުރިން މިސްކިތްތަކުގެ ކަރަންޓަށް ކުރަމުން އައި ޚަރަދު މިހާރު ވަނީ ބޮޑުތަނުން ކުޑަވެފައެވެ. “މި ބަދަލާއެކު އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭ ފައިސާ ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވޭނެ,” އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލެވުނީ ކައުންސިލްގެ މުވައްޒަފުންނާއި ވެރިންގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުގައި އެ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ
މި މަސައްކަތް ހަވާލުކޮށް ފުރިހަމަކޮށްފައިވަނީ އަވި ޓެކް ކުންފުނިންނެވެ. އެ ކުންފުނިން ފާހަގަ ކުރެއްވިގޮތުގައި، މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައަށް ބަދަލުވުމުގެ މުހިންމު ފިޔަވަޅެކެވެ. “މިފަދަ މަޝްރޫޢުތަކުން ތިމާވެށި ހިމާޔަތްކުރުމަށާއި ދިގު މުއްދަތަކަށް އިޤްތިޞާދީ ފައިދާ ލިބިގެންދާނެ,” އެވެ..
ލަންދޫ ކައުންސިލުން މި މަޝްރޫޢުގެ ކާމިޔާބީއާއެކު، ކުރިއަށް އޮތް ތަނުގައި ރަށުގެ އިތުރު ޢިމާރާތްތައް ސޯލާ ހަކަތައަށް ބަދަލުކުރުމަށް ރޭވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ލަންދޫގެ ތިން މިސްކިތުގެ ކަރަންޓު ބިލް 70% އާ ގާތްކުރާ މިންވަރަކަށް ކުޑަވެގެންދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.
ލަންދޫގެ އިމާމު ހުސެއިން އާދަމް ވިދާޅުވި ގޮތުގައި، މި ބަދަލަކީ މިސްކިތްތަކަށް ވަރަށް ބޮޑު ލުޔެކެވެ. “މިހާރު އަޅުގަނޑުމެންނަށް އޭސީތައް ގިނަ ވަގުތު ދުވާލުގެ ވަގުތުތަކުގައިވެސް ބޭނުންކުރެވޭނެ. މިއީ ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް,” އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ކައުންސިލްގެ “ގްރީން އެނަރޖީ” ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދެވުނު މަޝްރޫޢެއް ކަމަށްވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ކާމިޔާބީއަކީ ރަށުގެ އެހެން ޢިމާރާތްތަކަށްވެސް މި ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް ލިބުނު ހިތްވަރެކެވެ. “އަޅުގަނޑުމެން މިހާރު ދަނީ ކައުންސިލްގެ އިދާރާއި ކައުންސިލްގެ އިތުރު ތަންތަނުގައިވެސް މި ނިޒާމު
ޤާއިމުކުރުމުގެ ފީސިބިލިޓީ ދިރާސާތައް ކުރަމުން,” އޭނާ ވިދާޅުވިއެވެ
ލަންދޫގެ ރައްޔިތުންގެ ފަރާތުންވެސް މި މަޝްރޫޢަށް ތަރުހީބު ލިބިފައިވާކަން ފާހަގަކުރެވެއެވެ.ގޮތުގައި ބަލައި މިކަން ކުރުމަކީ ކައުންސިލް ތަކަށް މުހިން ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ
ލަންދޫގެ މި މަޝްރޫޢުގެ ކާމިޔާބީއާއެކު، ރާއްޖޭގެ އެހެން ރަށްރަށުންވެސް މިފަދަ މަޝްރޫޢުތައް ފެށުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުން ދޭހަވަނީ ދިވެހިރާއްޖެ ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލަކާ ދިމާއަށް ހަލުވި ދުވެލީގައި ދަތުރުކުރަމުންދާކަމެވެ.
ލަންދޫގެ ތިން މިސްކިތް ސޯލާއާއި ގުޅާލެވިއްޖެ
ލަންދޫ ކައުންސިލުން އިއްޔެ ހާމަކުރި ގޮތުގައި، ރަށުގެ ތިން މިސްކިތް ސޯލާ ހަކަތައާއި…
31/12/2024
ލަންދޫއަންހެނުންގެ ތަރައްޤީއައް މަސައްކަތް ކުކޮމެޓީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދެވުނު މޫދުކަސްރަތުން އުފާވެރިން ޕްރޮގްރާމް ކުލަގަދަ ރަސްމިއްޔާތަކާއި އެކު ނިންމާލައްވައިފި.
ލަންދޫ އަންހެނުންގެ ތަރައްޤީއައް މަސައްކަތް ކުރާކޮމެޓީގެ އިސްނެގުމުގެ މަތީން ލަންދޫކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއެކު…
14/10/2024
ލަންދޫ ބަނދަރު ބޯޑުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން
މިއެއްބަސްވުން ހެދިފައިވަނީ ފަސްލު އިންވެސްޓްމެންޓާއި އެކު ޖުމްލަ 20 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
14/10/2024