ރަށުގެ އާބާދީ
ގޭގެ އަދަދު
ވިޔަފާރި
ހެކްޓަރު
ލަންދޫ އަކީ އިހުގައި ބޮޑުތިލަދުންމަތި ކިޔާހިސާބުން އެންމެ ދެކުނަށް އޮންނަ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން އިރުބިތުގައި އޮންނަ ގާމަތި ރަށެކެވެ. ޖިއޮގްރަފިކަލް ގޮތުން ލަންދޫ އުފެދިފައިވަނީ ހައްތުސްތަވާ ނުވަތަ އީކްއޭޓަރގެ އުތުރުން ލޮނޖިޓިއުޑް 73.45 ޑިގްރީ ގައެވެ. އަދި ލެޓިޓިއުޑް 5.88 ޑިގްރީގައެވެ. ވެރިރަށް މާލެ އާއި ލަންދޫ އާއި ދެމެދު ހުންނަނީ 190.31 ކިލޯ މީޓަރެވެ. ލަންދޫއަކީ ނ.އަތޮޅުން 4 ވަނަ އަށް އެންމެ ބިންބޮޑު ރަށެވެ. އަދި އާބާދީގެ ގޮތުން 7 ވަނައަށް މީހުން އެންމެ ގިނަ ރަށަކަށް ލަންދޫ ވެފައިވާއިރު ލަންދޫއަށް ލިބިފައިވާ ކޯޑް އަކުރަކީވެސް D-7 އެވެ. ލަންދޫ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ޤަދީމީ ރަށެކެވެ. އަދި ލަންދޫ އަކީ ކުރީޒަމާނުގައި ކަމްވޮށިވެގެންވާ ހަރު މީހުން އުޅުނު ރަށެއްކަމާއި ، ލަންދުއަކީ ކުރިން ރާއްޖޭގެ ފަނޑިޔާރު ބޭކަލަކަށް އޮންނަ ރަށެއްކަންވެސް ދިވެހި ތާރީޚް ހެކިދެއެވެ. އަދި މީގެއިތުރުން ލަންދޫއަކީ އާޘާރީ ގޮތުންވެސް ފާހަގަކޮށްލެވޭ ޚާއްޞަ ރަށެކެވެ. އެގޮތުން މިރަށުގައި ރެދިންގެ ''މާބަދިގެ'' ކިޔާތަނެއް ހުރެއެވެ. އަދި އެތަނާ ގުޅުންހުރި 6 ތަނެއްގެ ބިންގާ ވަނީ ފެނިފައެވެ.
ލަންދޫގައި މުޅިން އަލަށް ”ޢީދުހުޅު” ޖަހަނީ
ލަންދޫގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޢީދުހުޅު ޖެހުމަށް ތައްޔާރުވަމުން އެބަދެއެވެ. މިއަހަރުގެ އަޟްހާ…
13/06/2024
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ލަންދޫގައި ކުލަގަދަކޮން ފާހަގަކޮށްފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ( 08 ޖޫން 2024 ) ފާހަގަކުރުމުގެ ގޮތުން…
12/06/2024
ދުނިޔޭގެ ތިމާވެށީގެ ދުވަސް ލަންދޫގައި ފާހަގަކޮށްފި
މިއަހަރުގެ ދެނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫ ކައުންސިލާއި، ލަންދޫގައި ހުރި…
12/06/2024
ވަޒީފާގެ ފުރުޞަތު
އިއުލާނު ނަމްބަރު: (IUL)289/289/2024/45
ތާރީޚު: 07/08/2024
ލަންދޫގެ 3 މިސްކިތުގައި ސޯލާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
އިއުލާނު ނަމްބަރު: (IUL)289/289/2024/40
ތާރީޚު: 05/29/2024
5144 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުން
އިއުލާނު ނަމްބަރު: (IUL)289/289/2024/37
ތާރީޚު: 05/19/2024
ނ.ލަންދޫ ކައުންސިލް އިދާރާއަށް އަލަށް އިތުރުކުރެވުނު ސެކްޝަނުގެ މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
އިއުލާނު ނަމްބަރު: (IUL)289/289/2024/41
ތާރީޚު: 05/29/2024